މަޖިލީހުގެ ދެ މެމްބަރަކު ގައުމީ އިއްތިހާދު ޕާޓީ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ރައީސް މުހަންމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އަށް މިރޭ ސޮއިކުރައްވައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ގައުމީ އިއްތިހާދުގެ ޖަލްސާގައި އެ ޕާޓީ އަށް ސޮއިކުރެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު އާދަމް އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އެވެ. މީގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކާއި ޕީޕީއެމްގެ ކުރީގެ މެމްބަރު ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ވެސް ވަނީ ރައީސް ވަހީދުގެ ޕާޓީ އަށް މިރޭ ރަސްމީކޮށް ސޮއިކުރައްވައިފަ އެވެ.
ގައުމީ އިއްތިހާދުގެ ޖަލްސާ ފެށުމުގެ ގޮތުން އިސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ޤުރުއާން ކިޔަވައި ވިދާޅުވި ނަމަވެސް އޭނާ މިރޭ އެ ޕާޓީ އަށް ސޮއި ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ