ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރު ނުކުރުމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައެއް ނުގަތެވެ.
ގާސިމް މިވަގުތު ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ބުނެފައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
އެ މައްސަލަ މަޖިލީހުގެ ރިޔާޒު ހުށަހެޅުމުން ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އެ މައްސަލަ ހުށަހެޅުމުގައި އަމަލުކޮށްފައި ހުރީ ގަވައިދާ ހިލާފަށް ކަމަށާއި އެހެންކަމުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މަޖިލީހަށް ގާސިމް ހާޒިރުވާން ފުރުސަތު ނުދިނުމުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ނުރުހުން ފާޅުކުރި އެވެ. މަޖިލީހުގައި މިހާރު ކުރިޔަށް ދާ މަސައްކަތަކީ އިތުބާރު ނެތް މައްސަލަތައް ހުށަހެޅުމުގައި 42 މެންބަރުންގެ ސޮއި ބޭނުންވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތެވެ.
ގާސިމް ހާޒިރުނުކޮށްގެން ހުށަހެޅި މައްސަލަ ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ