ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުނުކުރުމަކީ ހިންގަވާ ވަރަށް ބޮޑު ޖަރީމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުކޮށްފައި ނުވާކަަމަށާއި އެއީ މަޖިލީހުގެ ގަވާއިދާއި ގާނޫން އަސާސީއާއި ދެކޮޅަށް ހިންގަވާ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
ފުލުހުންވަނީ ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކުރަން ނިންމާފައިވާ އިއްޔެ ހާމަކޮށްފައެވެ.
ގާސިމް މަޖިލީހަށް ހާޒިރުނުކުރުމަކީ ހިންގާ ބޮޑު ޖަރީމާއެއް: ރޮޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ