މޮޑެލް އަދި އެމެރިކާގެ އެކްޓްރެސް ހޭލީ ބެރީގެ ދަރިފުޅު ނާލާގެ އިސްތަށިގަނޑު، ނާލާގެ ބައްޕަ ގެބްރިއެލް އޯބްރީއަށް ފަން ނުކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ނާލާގެ ބޮލު އިސްތަށިގަނޑުގައި އޭނާގެ ބައްޕަ އަދި ބެރީގެ ކުރީގެ ލޯބިވެރިޔާ އޯބްރީ ކުލަޖައްސާ، އިސްތަށިގަނޑު ފަން ކުރާތީ، އެމައްސަލަ ކޯޓަށް ވެއްދީ ބެރީއެވެ. ކޯޓުގައި ބެރީވަނީ އޯބްރީއަށް ނާލާގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ހައްޤެއް ނޯންނާނެ ކަމަށް ބުނެފައެވެ.
އަދި އެއީ ނާލާ އަކީ ދޮން ނަސްލުގެ ކުއްޖަކަށް ނުވުމުން ނާލާ ދޮން ކަމަށް ދެއްކުމަށް އޯބްރީ ކުރާ ކަމެއް ކަމަށް ބެރީ ވަނީ ބުނެފައެވެ. އަދި ނާލާގެ މަންމަގެ ހައިސިއްޔަތުން އެއީ އޭނާއަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ބެރީ ވަނީ ބުނެފައެވެ.
އުމުރުން އެންމެ 6 އަހަރުގެ ނާލާއަކީ ކަޅު ނަސްލުގެ ކުއްޖެކެވެ. ނާލާ އަކީ ކަޅު ކުއްޖެއް ކަމުގައި ބެރީ ޤަބޫލު ކުރަނީ ބެރީ އަކީ ކަޅު ނަސްލުގެ މީހަކަށް ވުމުންނެވެ.
". އަހަންނަށް ހީވަނީ ނާލާއަކީ ކަޅު ކުއްޖެއް ހެން. އަހަރެންނަކީ ކަޅު މީހެއް އަހަރެންނަކީ އޭނާގެ މަންމަ. އަދި ވަން ޑްރޮޕް ތިއަރީ އަކީ އަހަރެން ޤަބޫލު ކުރާ އެއްޗެއް،" ބެރީ ބުނެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.
"ވަން ޑްރޮޕް ތިއަރީ" އަކީ ދެމަފިރިންގެ ތެރެއިން އެކަކު ނުވަތަ އެކަކުގެ އާއިލާއަކީ ކަޅު ނަސްލުގެ ބަޔަކަށް ވުމުން އެމީހުންގެ ދަރިންނަކީ ވެސް ކަޅު ބައެއް ކަމުގައި ވާނެކަމަށް ބައެއް މީހުން ޤަބޫލު ކުރާ ކުރުމެކެވެ.
ކޯޓުގައި ހޫނު ބަހުސްތަކަކަށް ފަހު، ޤާޒީ ވަނީ އޯބްރީ އަދި ބެރީއަށް ވެސް ނާލާގެ އިސްތަށިގަނޑު އޭގެ ގުދުރަތީ ގޮތުގައި ބޭއްވުމަށް އަމުރުކޮށްފައެވެ.
ހޭލީ ބެރީގެ ދަރިފުޅުގެ އިސްތަށިގަނޑު ފަން ނުކުރެވޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ