މިނިވަން 50 ގެ މަސައްކަތްތައް ހަވާލު ކުރީ އުމަރު ބޭނުންވާ ފަރާތްތަކާއި – ހޯމް މިނިސްޓަރ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެކި ހަރަކާތްތަކާއި ގުޅިގެން ކުރަން ޖެހުނު މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބޭނުންވި ފަރާތްތަކާއި ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަޒްލީން މިހެން ވިދާޅުވީ މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެބައްދަލުވުމުގައި މިނިސްޓަރ އަޒްލީން ވިދާޅުވީ "ޕްރޮކިއުމަންޓް ސެކްޝަންގެ މަސައްކަތްތަކާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތްތައް ބައިޕާސްކޮށް ސީދާ މިނިސްޓަރު ބޭނުންވާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރެވިފައިވާކަމުގެ މައުލޫމާތު ވެސް މިހާރު އެބަ ލިބޭ." ކަމަށެވެ.
އުމަރުގެ ނަން މިނިސްޓަރ އަޒްލީން ސީދާ ވިދާޅުނުވި ނަމަވެސް އެދުވަސްވަރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ކަމަށްވާތީ މިނިސްޓަރ އަޒްލީން އިޝާރާތް ކުރެއްވީ އުމަރަށް ކަން އެނގެއެވެ.
(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ