ނިޔާމަ ރިސޯޓުގެ ވޯޓަ ވިލާގައި ރޯވީ ކަރަންޓް ޝޯޓުވެގެން

ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި މިއަދު އަލިފާން ރޯވީ ކަރަންޓު ޝޯޓު ވެގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ހާދިސާގައި ވޯޓާ ވިލާގެ ތިން ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ނިޔާމަ ރިސޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހު އެވެ. އެމްއެންޑީއެފުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހެނދުނު ހަތެއް ޖަހާކަށްހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ