މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ނެރޭނެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކަށް ވުމަކީ ކުރާ އުއްމީދެއްކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ކައުންސިލާއި ގޮފިތަކަށް އަލަށް އައްޔަންކުރެވުނު ފަރާތްތަކާއި އެޕާޓީއާއި އަލަށް ގުޅުނު މެންބަރުންނަށް މަރުހަބާކިޔުމަށް މިރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަމީރު އެއްކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަމުން ދާއިރު އެ ކެންޑިޑޭޓަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައެވެ.
ސަމީރު ވިދާޅުވީ ގާސިމް ރިޔާސީ ރޭހަށް ނިކުންނެވުމަށް ހުރީ ކުދިކުދި ގާނޫނީ ހުރަސްތަކެއް ކަމަށާއި ނަމަވެސް އެ ހުރަސްތައް ވަރަށް އަވަހަށް ނެތިގެންދާނެ ކަމުގައެވެ.
ޖޭޕީގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ އެޕާޓީގެގެ ކޮންގްރެސް ކާމިޔާބު ކޮންގްރެސްއަކަށް ހެދުންކަށާއި އެއަށްފަހު ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ފެށިގެންދާނެކަމަށް ސަމީރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 21 އަދި 22 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.
އުއްމީދަކީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ވުން: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ