ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް މިނިވަންކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރު ކޮށްފިއެވެ.
އިބްރާހިމް ސިޔާދު ގާސިމް ކޯޓަށް ހާޟިރުކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ފެށީ މިއަދު މެންދުރުފަހު 3:30 އެހާއިރުއެވެ. ކޯޓުން އެމަނިކުފާނު މިނިވަންކުރީ ޝަތުރުތަކަކާ އެކުގައި ކަމަށް ވެއެވެ. އެހެން ނަމަވެސް، ސިޔާދުއާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލުންވެސް އަދި ތިއްބެވީ ކޯޓުގައި ކަމުން އެކަމުގެ ތަފްސީލް އަދިވަނީލިބޭގޮތް ނުވެފައެވެ.
އިބްރާހިމް ސިޔާދު ގާސިމް ކްރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުން ދޫކޮށްލުމަށް ކޯޓުން މިއަމުރުކުރީ، 6 މަހާއި 11 ދުވަހު ޖަލުބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.
އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
އިތުރުތަފްސީލް އަންނަނީ ....
އިބްރާހިމް ސިޔާދު ގާސިމް މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ