ކަރަންޓް ކެނޑުނީ އެޗްވީ ކޭބަލަކަށް ގެއްލުން ލިބިގެން- ސްޓެލްކޯ

މިރޭ މާލޭގެ ގިނަ ސަރަޙައްދުތަކުން ކަރަންޓް ކަނޑައިގެންދިޔައީ ސްޓެލްކޯގެ މެއިން އެޗް.ވީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔައީ މިރޭ 8:50 އެހާއިރުގައެވެ. އެގޮތުން ގަލޮޅާއި، ހެންވޭރުގެ ބައެއް ސަރަޙައްދުތަކާއި، މައްޗަންގޯޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުންވެސް ކަރަންޓް ކަނޑައިގެން ގޮސްފައިވެއެވެ.
ނަމަވެސް މިރޭ 11:15 އެހާއިރު މާލޭގެ ހުރިހާ ސަރަހައްދަކަށް ކުރިއެކޭ އެއްގޮތަށް ކަރަންޓް ފޯރުކޮށްދޭން ފެށުނުކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ