ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން އަންގައިފި

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އަންގައިފިއެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނީ، އިއްޔެ އިން ފެށިގެން އެ ކޯޓަށް ފޮނުވާ ސިޓީ ތަކާއި ލިޔެކިޔުންތައް އެޑްރެސްކުރަން ވަނީ އުއަތްމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފައިވާތީ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ކޯޓަށް ފޮނުވާ ހުރިހާ ސިޓީތަކާއި ލިޔުންތައް ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރުމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްވުމުން އެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ