އެޑީކޭ ޓްރޭޑިންގ އިން "ރަންދޫނި ހަވީރު" ބާއްވަނީ

އޭޑީކޭ ޖެނެރަލް ޓްރޭޑީންގ އިން އިންތިޒާމުކޮށްގެން މާދަމާ ހަވީރު "ރަން ދޫނި" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އޭޑީކޭ އިން ބުނީ މާދަމާ ހަވިރު 4:00 އިން 6:00 އަށް އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދާ "ރަންދޫނި ހަވީރު"ގައި ކުދަކުދިންނަށް ޚާއްޞަ ވަރަށް ގިނަ ހަރަކާތްތަކާއި ފުޑް ސްޓޯލްތައްވެސް ހުންނާނެ ކަމަށެވެ. "ފޭސް ޕެއިންޓިން އާއި ބޯލިން އާއި ބޯލް ދަ ކްލައުން ފަދަ ތަފާތު ކުޅިވަރުތައް ހިމެނޭ."
ކުދަކުދިން އުފާވާނެ މާހައުލެއްގައި ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ މިހަވީރު ކުރިއަށް ގެންދާއިރު އޭޑީކޭ އިން އެތެރެކޮށް ވިއްކާ ގިނަ ބާވަތްތައް ބޮޑެތި ޑިސްކައުންޓާއިއެކު ގަންނަން ލިބޭނެ އިންތިޒާމު ވެސް ވަނީ އެކުންފުނިން ހަމަޖައްސައިފައެވެ.
އޭޑީކޭ އިން ބުނީ ތަފާތު ގިނަ ބާވަތްތަކަކުން 20 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ އަގުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެތެރެކޮށް މާކެޓްކުރާ ޑްރައިޕަރސް އަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރަމޯޝަންގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް. ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މި ޕްރަމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން."
މި ހަވީރުގެ ތެރެއިން ކުރިއަށް ގެންދާ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތަކުގެ އިތުރުން ވަރަށް ހާއްސަ، ކުޑަކުދިންނާއި ގުޅުންހުރި ބޭނުންތެރި ތަކެތި ހަދިޔާގެ ގޮތުގައި ކުދިންނަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭޑީކޭ ޓްރޭޑިންގ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ