މައުމޫން ފައުންޑޭޝަނަށް ހޮވުނު ކުދިންގެ ނަންތަން އާންމުކޮށްފި

ޖާނަލިޒިމްގެ ދެ ކޯހަކާ އެކު މައުމޫން ފައުންޑޭޝަނުން އިއުލާން ކުރި ނުވަ ކޯހަކަށް ހޮވުނު ކުދިންގެ ނަންތައް އެ ފައުންޑޭޝަނުން އާންމުކޮށްފި އެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ބުނީ މި ފަހަރުގެ ސްކޮލަޝިޕް އިއުލާނުކޮށްފައި ވަނީ ހަ ދާއިރާއަކުން ކަމަށާއި އެއީ ޓޫރިޒަމް ހިސްޓަރީ އެންޑް ޖާނަލިޒަމް ކޯހަކާއި ޖާނަލިޒަމް ސައިކޮލޮޖީ އެންޑް އިންގްލިޝްގެ ތިން އަހަރުގެ ޑިގްރީ ކޯހަކާއި ކޮމްޕިއުޓަރު އެޕްލިކޭޝަންސް ޑިގްރީ ކޯހަކާއި ކޮމާސް ޑިގްރީ ކޯހެއް ކަމަށެވެ. އަދި ބިޒިނަސް މެނޭޖްމެންޓްގެ ކޯހަކާއި ހޮޓެލް މެނޭޖްމެންޓްގެ ކޯހަކާއި ބަޔޯޓެކްނޮލޮޖީ ބަޔޯކެމިސްޓްރީ އެންޑް ޖެނެޓިކްސްގެ ޑިގްރީ ކޯހެއް ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެ އެވެ.
އެ ފައުންޑޭޝަނުން ބުނީ، ޖާނަލަލިޒަމް އެއް ކޯހަށް ހޮވުނީ، ގ. ޝޭޑީ ގްރައުންޑް އިބްރާހީމް މުހައްމަދު ކަމަށާއި އަނެއް ކޯހަށް ހޮވުނީ ގ. ޖިންޖާވިލާ ފަޒުލާ އަހުމަދު ޝިޔާމު ކަމަށެވެ.
މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި ބެޗްލާ އޮފް ކޮމްޕިއުޓިން ކޯހަށް ހޮވުނީ މުހައްމަދު އިސާން، ރ. ކަނދޮޅުދޫ ނޫރަންވިލާ އެވެ. ބެޗުލާ އޮފް ބިޒިނަސް މެނޭޖުމަންޓަށް، އަހުމަދު ހާމިދު، ޗާނދަނީގެ ށ. މާއުނގޫދޫ، ބެޗުލާ އޮފް ހޮޓެލް މެނޭޖްމަންޓް ކޯހަށް، ބ. ހިތާދޫ، ރަނައުރާގެ މުހަންމަދު ޒިޔާދު، ބެޗުލާ އޮފް ކޮމާސް ކޯހަށް، ވިލިމާލެ، ފަރުވެލި، އަހުމަދު ފަރުޒާނާއި މ. ވެރާ، އާމިނަތު ރިފާގު ތައުފީގާއި ތ. ކިނބިދޫ، ހުނވަދުމާގެ، މަރިޔަމް ރިލުވާން އެވެ. އަދި ބަޔޯ ޓެކްނޮލެޖީ، ބަޔޯ ކެމިސްޓްރީ އެންޑް ޖެނެޓިކް ކޯހަށް އާމިނަތު ޒުލްފާ މާލޭގަން، ޏ. ފުވައްމުލަކެވެ.
އެ ފައުންޑޭޝަނުން ހުޅުވާލި ސްކޮލަޝިޕްތަކަށް ކުދިން ހޮވުމުގައި ބަލާފައި ވަނީ އެ ކުދިންގެ ތައުލީމަށާއި ނަން ހުށަހެޅި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާ އަށް ކަމަށް އެ ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ކޯސްތަކަށް ހޮވުނު ކުދިން އަންނަ މަހު ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ކުދިންގެ އެކޮމަޑޭޝަންގެ ކަންތައް ކުރަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރުގެ ސްކޮލަޝިޕްގައި ދޭ ގޮތަށް ހަމަޖެހިފައި ވަނީ ޓިއުޝަން ފީ އެކަނި. އެކޮމަޑޭޝަން އާއި އެންރޯލްމަންޓް ފީ ހަމަޖައްސަން ޖެހޭނީ އެކުދިން އަމިއްލަ އަށް،" މައުމޫން ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިދިޔަ އަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސޮކްލަޝިޕްތައް ދީފައި ވަނީ މުޅިން ހިލޭ އެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ނާސިން އާއި ފިޒިއޮތެރަޕީގެ ރޮނގުން ހަތަރު ސްކޮލަޝިޕެއްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ