ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް ކުރިއަށް ލަފާކުރާ ގޮތާ ގުޅޭތުން މަަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، މެޓް އޮފީހުން ބުނީ މިއަދު ހެނދުނު ފެށި ކަނޑުގެ ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް ކުރިއަށް ލަފާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ރާޅާއި އޮއިވަރު ހުންނަގޮތް ކުރިއަށް ލަފާކުރެެވޭނެ ކަމަށެވެ.
މިގޮތުން ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށްވެފައި ދިވެހިންގެ އާންމު ދިރިއުޅުމާއި އިގްތިސޯދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކަނޑުގެ ސަރަހައްދާ ކަމަށްވާތީ ކަނޑުގެ އޮއިވަރާއި ދިޔަވަރާއި ކަނޑުގެ ފިނިހޫނުމިން އެނގުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައިވެސް މެޓް އޮފީހުން ބުނެ އެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ވެބް ޕޭޖުގައި ހިމެނޭ ތަފާތު މައުލޫމާތާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ބައިވެރިންނަށް ދަސްކޮށް ދެވޭނެ ކަމުގައިވެސް ބުންޏެވެ.
މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުމޫލާތު ދެއްވަމުން ޑރ. ބާލަކްރިޝްނަން ނަޔަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެން ހަދާފައިވާ މޮޑެލް ބޭނުންކޮށްގެން އެއްކުރެވޭ މައުލޫމާތުގެ ސަބަބުން ކަނޑު ދަތުރު ކުރާ މީހުންނަށް ރައްކާތެރިކަމާއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މިމަސައްކަތު ބައްދަލުވުމަކީ އެ އޮފީހާއި، ރީޖަނަލް އިންޓަގްރޭޓެޑް މަލްޓި ހެޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިއާ އަދި އިންޑިއަން ނެޝަނަލް ސެންޓަ ފޯ އޯޝަން އިންފޯމޭޝަން ސާވިސަސް އާއި ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި މެޓް އޮފީހުގެ ބައެއް މުއައްޒިފުންގެ އިތުރަށް ކޯސްޓް ގާޑުގެ ކަމާ ގުޅޭ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމުގައި މެޓް އޮފީހުން ބުނެ އެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ އޮއިވަރާއި ދިޔަވަރާއި ކަނޑުގެ ފިނިހޫނުމިނާއި ރާޅުތަކަށް އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު ހިމެނެ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާނެ ގޮތް ބުނެދިނުމަށް ވޯކްޝޮޕެއް ފަށައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ