ރެހެންދީ ސްކޫލް ލިޓަލް މެއިޑްސްގެ ދެވަނަ ބެޗު އެންރޯލްކޮށްފި

ރެހެންދީ ސްކޫލުން އެ ސްކޫލުގެ ލިޓުލްމެއިޑުގެ ދެވަނަ ބެޗް އެންރޯލްކޮށްފިއެވެ.
ރެހެންދި ސްކޫލްގައި އެކަމަށްޓަކައި ރޭ ބޭއްވި ކުލަ ގަދަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލްގެ އެސިސްޓަންޓް މެނޭޖަރު އައިމިނަތު އަލީ އެވެ.
ރޭގެ ހަފްލާގައި އެންރޯލްވި ދަރިވަރުން ވަނީ ހުވާކުރައްވާފައެވެ. އަދި ހުވާއަށް އެކުދިންނާ ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ރެހެންދި ސްކޫލުން މައުލޫމާތު ދެއްވިގޮތުގައި މި ހަރަކާތަކީ އެސްކޫލުގެ އަންހެން ކުދިންނަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި އަންހެން ކުދިންގެ ކުރިއެރުމަށް މި ހަރަކާތުން ވަރަށް ބޮޑު އެހީ އަކަށް ވެގެން ދާނެކަމަށް އެސްކޫލުން ބުންޏެވެ. މިފަހަރު އެންރޯލްވީ 57 ދަރިވަރުންނެވެ.
ލިޓަލް މެއިޑް އަކީ ގައިޑް ހަރަކާތުގައި ބައިވެރިވުމަށް ހުޅުވިގެނަދާ ދޮރެކެވެ. ލިޓަލް މެއިޑް ހަރަކާތުން އަންހެން ކުދިން ގޭގައި ކުރާ މަސައްކަތާ އަދި ރަނގަޅު އާދަތައް ދަސްކޮށްދެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަހެންކުދިން އެކުދިންގެ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވެ, ކަންކަންކުރުމުގައި އިސްނެގެމަށް މަގުފަހިވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ