މުންޑޫ އިންޖީނުގެ އާ ފެނަކަ ކޯޕޮރޭޝަނުން ޙަވާލުވެއްޖެ

ހައްދުންމަތި މުންޑޫ ރައްޔިތުން ހިންގަމުން އައި އެރަށު އިންޖީނުގެ ހިންގުމާއި ފެނަކަ ކޯޕޮރޭޝަނުން ހަވާލުވެއްޖެއެވެ.
މިކަމަށްޓަކައި ފެނަކަ ކޯޕޮރޭޝަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕޮރޭޝަނުގެ ސީއީއޯ ނިމާލް ވިދާޅުވީ މުންޑޫ އިންޖީނުގެ އާއި ފެނަކަ ކޯޕޮރޭޝަނުން ހަވާލުވުމުން އެކުންފުނިން ހިންގާ އިންޖީނުގެތަކުގެ އަދަދު މިހާރު ވަނީ 152 އަށް އިތުރުވެފައި ކަމަށެވެ.
ނިމާލް ވިދާޅުވީ ފެނަކަ ކޯޕޮރޭޝަނުން ހިންގާ އިންޖީނުގެތަކުން ކަރަންޓުގެ އަގު ނަގަމުން ގެންދަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކަނޑައަޅާ އުޞޫލުން ކަމަށްވާތީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
ކޮންމެ ރަށެއްގައި ނަމަވެސް ފެނަކަ ކޯޕޮރޭޝަނުގެ އިންޖީނުގެތައް ހިންގުމަށް މުވައްޒިފުންނަށް ވަޒީފާދޭއިރު އެރަށެއްގެ ރައްޔިތުންނަށް އިސްކަންދޭކަން ނިމާލް ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ