ކުރީގެ ޕީޖީ މުހުތާޒު މުހުސިން ކޯޓުން ދޫކޮށްލައިފ

ރައީސް ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ރޭ ދަންވަރު ހައްޔަރުކުރި، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އޭނާ މިއަދު މެންދުރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.
އެ މައްސަލައާއި ގުޅިގެން މުހުތާޒްގެ އިތުރުން އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ގއ. މާމެންދޫ ވީނަސް އަހުމަދު ނިހާން 30، ހައްޔަރުކުރިއެވެ. ނަމަވެސް އޭނާގެ ބަންދާމެދު ކޯޓުން ކަނޑައެޅި ގޮތެއް އަދި ސާފެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މިއަދު މުހުތާޒު ދޫކޮށްލި އިރު މުހުތާޒު މުހުސިން އަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަގާމަށް އައުމުގެ ކުރިން އެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ