ހިތަދޫގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރަމުން އައި އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިތަދޫގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފިއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލަ ދިމާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނާއި ގުޅުމަށް "އައްޑޫލައިވް" ގެ ފަރާތުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ފެނަކަ ކޯޕަރޭޝަނުގެ ބަހެއް ލިބިފައިނުވާތީ މައްސަލަ ހައްލުވާނެ ދުވަހެއް އަދި ޖެހިގެން އުޅޭ މައްސަލައެއްގެ ތަފްސީލެއްވެސް ލިބިފައިނުވެއެވެ.
އިއާދަކުރެނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް އައްޑޫގެ އަމިއްލަ ފަރާތްތަކުން ކުރަމުން އައި މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ހުރަސް އަޅައި، އެކުންފުނީގެ ގްރިޑާއި ސޯލާ ޕެނަލްތައް ގުޅައިދިނުމަށް ދެކޮޅު ހަދާފަައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ