ހަނާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ޤާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން މަރަން ޙުކުމް ކޮށްފައިވާ، ފާތިމަތު ހަނާ މަރަން ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް، ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ހައިކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކުރީ، ނަޖީބު މަރާލުމުގައި ބައިވެރިވިކަމަށް ހަނާ އަމިއްލައަށް އިއުތިރާފްވެފައިވާތީ އާއި، ދައުލަތުން ހުށައެޅި ހެކިތަކުން ވެސް އެކަން އެނގެން އޮންނާތީއެވެ.
ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ، ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 19 ޖުލައި 2012 ގައެވެ. ހަނާގެ އިތުރުން ނަޖީބު މަރާލިކަން ހަނާގެ ލޯބިވެރިޔާ އަހްމަދު މުއްރަތުގެ މައްޗަށްވެސް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މުއްރަތުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލާފައި އޮއްވާ ފެނުނީ 2012 ގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މުއްރަތު ދިރިއުޅޭ ކޮޓަރި ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ