އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ކަރަންޓުގެ ޚިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލު ކުރަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެއާޕޯޓަށް މީގެ ކުރިން ކަރަންޓުގެ ހިދުމަތް ދެމުންއައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ދެމެދުގައި އަޅާ ބްރިޖްގެ މަސައްކަތް ނިމުމުން އެއާޕޯޓްގެ ކަރަންޓްގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ބްރިޖްގެ މަސައްކަތް ނިމުމުން ސްޓެލްކޯގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، އިތުރު ޖަނެރޭޓަރުތަކެއް ހުޅުމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އާދިލް ވިދާޅުވީ އެއްތަނަކުން ހިދުމަތް ދިނުމަކީ އެންމެ ހަރަދުވެސް ކުޑަވާނެ ގޮތް ކަމަށެވެ.
މާލެއާއި ހުޅުމާލެއާއި ދެމެދުގައި އަޅާ ބްރިޖްގެ މަސައްކަތް ނިމުމުން ކަރަންޓްގެ ހިދުމަތް ނެޓްވޯކަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން އިއްޔެ އެންވަޔަރަމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ އެއާޕޯޓަށް ކަރަންޓު ދޭނީ މާލެ އާއި ހުޅުމާލޭގައި އުފައްދާ ކަރަންޓުންކަމަށެވެ.
އެއާޕޯޓަށް ކަރަންޓް ދިނުން ސްޓެލްކޯއާ ހަވާލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ