ރިލްވާން މައްސަލައިގައި ހިމެނޭ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.2014 ވަނަ އަހަރުގެ އޯގސްޓްމަހުގައި ވީނުވީ ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ ހ.ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.އާލިފް އާއި ނޫރައްދީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭ އާލިފްގެ މިލްކުގައިވާ ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ފޮރުވި ކަމަށް ތުހުމަތު ކުރެވިގެންނެވެ.ރިލްވާން ގަދަކަމުން ފޮރުވުމުގައި ބައިވެރިވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ މައްސަލަ ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ