މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވާ އިހްޔާކުރުމުގެ ޖަލްސާތައް ހޯމަ ދުވަހުގެރޭ

ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މި ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ ސިލްސިލާ ޖަލްސާތައް މިއަހަރުގެ ރަމަޟާންމަހުގެ ކޮންމެ ހޯމަ ދުވަހެއްގެރޭ އެފައުންޑޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެ ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން ބާއްވާ ޖަލްސާތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ކަމަށެވެ.
މި ޖަލްސާތަކުގައި ފައުންޑޭޝަންގެ ޗެއާމަން އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އާއި ދީނީ ބައެއް ޢިލްމުވެރިންގެ ވާހަކަފުޅު ދެއްކެވުން އޮންނާނެ ކަމަށް އެ ފައުންޑޭޝަނުން މައުލޫމާތުދެއްވައެވެ.
މި ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ ރަމަޟާން މަހުގެ 5 ވަނަ ދުވަހު (22 ޖޫން) ވާ ހޯމަ ދުވަހުގެރޭ ކަމަށް އެ ފައުންޑޭޝަނުން ހާމަކުރެއެވެ.
މި ޖަލްސާއަށް ވީހާވެސް ގިނަ ފަރާތްތަކުން ދިއުމަށް މައުމޫން ފައުންޑޭޝަނުން ދައުވަތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ