މިއީ އިނގިރޭސިވިލާތުގެ އިންސްޓިޓިއުޝަން އޮފް އެންޖިނޭރިންގ އެންޑް ޓެކްނޮލޮޖީ އިން ނެރެމުން އަންނަ އީ އެންޑް ޓީ މެގަޒިން އިން ކޮށްފައިވާ ކުޑަ ދިރާސާއެއްގެ ނަތީޖާ އެވެ. އެ ދިރާސާއަކީ އެއްމެ ނުރައްކާތެރިކޮށް ވަޔަރުކުރާ ގައުމުތައް ނުވަތަ ސަރަހައްދުތައް ޝޯޓްލިސްޓް ކުރުމަށް ކުރިއަށް ގެންދިޔަ ދިރާާސާ އެކެވެ.
އެ މެގަޒިންގައިވާގޮތުން މި ދިރާސާ ކުރުމަށް ގިނަ ފޮޓޯތަކެއް ޝާއިއު ކުރުމަށްފަހު ލައްކައަކަށްވުރެ ގިނަ ކިޔުންތެރިންގެ ހިލާޔު އެ ފޮޓޯތަކަށް ހޯދި އެވެ. އެ ދިރާސާގެ ނަތީޖާތަކަށް ބަލާއިރު ދެވަނައިގާ ހިމެނުނު ފޮޓޯއަކީ ރާއްޖޭގެ ހޮޓަލެއްގެ ވަޔަރުކޮށްފައިވާ ގޮތް ދައްކުވައިދޭ ފޮޓޯ އެކެވެ. މި ދިރާސާ ކުރުމަށް 500 ފޮޓޯ ބޭނުންކުރި އެވެ. އަދި އޭގެ ތެރެއިން 12 ފޮޓޯއެއް ޝޯޓްލިސްޓް ކޮށްފައި ވެ އެވެ.
އެއްމެ ނުރައްކާތެރިކަމަށް ކިޔުންތެރިން ބުނެފައިވަނީ އިންޑިއާގެ މަދްރާސްގައި ވަޔަރުކޮށްފައިވާގޮތެވެ. އެ ފޮޓޯއަށް 50 އިންސައްތަ މީހުން ވޯޓު ދީފައި ވެ އެވެ.
ދެވަނަ ފޮޓޯއަކަށް ހޮވިފައިވަނީ ރާއްޖޭގެ ހޮޓަލެއްގެ ފާހާނައިގާ ވަޔަރުކޮށްފައިވާގޮތް ދައްކުވައިދޭ ފޮޓޯއެކެވެ. އަދި ތިންވަނައަށް އެއްމެ ނުރައްކާތެރިކަމަށް ކިޔުންތެރިން ބުނެފައިވަނީ ވިއެޓްނާމްގެ ހަނޯއީގެ މަގެއްގައި ވަޔަރުތައް އިންސްޓޯލްކޮށްފައިވާގޮތް ދައްކުވައިދޭ ފޮޓޯ އަކަށެވެ.
އެއްމެ ނުރައްކާތެރިކޮށް ކަރަންޓް ވަޔަރުކޮށްފައިވާ ގައުމުތަކުން ދެވަނައިގާ ދިވެހިރާއްޖެ !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ