2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ބަންދުކުރި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އޭރުގެ ޗީފް އޮފް ޑިފެންސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި، އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި، ކާނަލް ޒިޔާދުގެ މައްޗަށް ހުކުމް އިއްވުން މާދަމާ ރެއަށް ތާވަލް ކޮށްފިއެވެ.
މި ތިން އަޑުއެހުމުގެ ތެރެއިން ފުރަތަމަ އޮންނާނީ ތޮލްހަތުގެ މައްޗަށް ހުކުމް އިއްވުމެވެ. ތޮލްހަތުގެ ޝަރީއަތް ތާވަލް ކުރެވިފައި ވަނީ މާދަމާ ރޭ 20:00 އަށެވެ. އަދި 21:00 ގައި މޫސާ އަލީ ޖަލީލްގެ ޝަރީއަތް ތާވަލް ކުރެވިފައި ވާއިރު، ޒިޔާދުގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ 22:00 ގައެވެ.
މި ތިން މައްސަލައިގައިވެސް ހުކުމް އިއްވުމަށް މާޗް 27 ވަނަ ދުވަހު ތާވަލް ކުރެވުނެވެ. އެހެން ނަމަވެސް އެދުވަހު ވަނީ ޝަރީއަތްތައް ކެންސަލް ކޮށްފައެވެ.
މި ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ މި ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
ގާޒީ ހައްޔަރުކުރި މައްސަލައިގައި މޫސާ ޖަލީލާއި، ޒިޔާދު އަދި ތޮލްހަތުގެ މައްޗަށް މާދަމާ ރޭ ހުކުމް އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ