އިސްދޫ ދާއިރާގެ މެމްބަރު ގާރީ ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވައިފި

އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވައިފިއެވެ.
މިހާރު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ޖުމްހޫރީ ކޯލިޝަނުގެ ޖަލްސާގައިވަނީ އަހުމަދު ރަޝީދު ޖޭޕީއަށް ސޮއިކުރެއްވިކަން އިއުލާންކޮށްފައެވެ. މިރޭގެ ޖަލްސާ ފެއްޓުމުގެ ގޮތުން ޤްރުއާން ކިޔަވާ ވިދާޅުވީވެސް އަހުމަދު ރަޝީދެވެ.
އަހުމަދު ރަޝީދު މިހާތަނަށް ހުންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގައެވެ. ޕީޕީއެމްގެ ޕްރައިމަރީގައި އަހުމަދު ރަޝީދު ތާއީދުކުރައްވާފައިވަނީ ޕްރައިމަރީއަށްފަހު ޕީޕީއެމްއިން ވަކިކޮށްފައިވާ އުމަރު ނަސީރަށެވެ.
އަހުމަދު ރަޝީދު ޖޭޕީއާއި ސޮއިކުރެއްވިއިރު އުމަރާއި އުމަރުގެ ޓީމްވަނީ އެޕާޓީއަށް ތާއީދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ