މީހަކު ރަހީނުކޮށް ބިރުދެއްކި މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށް މައްސަލަ ބަލަންފަށައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނާއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާއި ފޭރުމާއި ބިރު ދެއްކުމުގެ އިތުރުން އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތު ހިމެނެއެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ވެއެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުން ފާހަގަކުރި ގަޑިތަކުގައި އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެންނަ ސީސީޓީވީގެ ސްނެޕްޝޮޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައި ވެއެވެ.
އެ ހާދިސާއަކީ ދުރާލައި ގިނަ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވާ ކަން ބަންދު އަމުރުގައި ހާމަކޮށްފައިވެއެވެ. އެހެންވެ އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ބަލައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގައި ދޭވާނީއެއް ނެތުމުން ހައްދު ޖެހުން ހުއްޓިފައި ޕިކަޕެއްގެ ތެރޭގައި އޮތް ވޮލެޓަކުން ވައްކަންކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި ކްރިމިނަލް ކޯޓުން ހޯމް މިނިސްޓަރާއި ފުލުހުންތަކަކަށް ފިޔަވަޅު އަޅަނީ ތިޖޫރި ފަޅާލައި ޑޮލަރުތަކެއް ވަގަށް ނެގި މީހާގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ