ގޯތި ދިނުމަށާއި ހައުސިން މަޝްރޫތައް ހިންގުމަށް ހިއްކަމުންދާ ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫ މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކުކުމާއި ގުޅިގެން ދައުލަތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ބަންޑާރަ ނައިބު އަހްމަދު އުޝާމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެެއް ކަމަށާއި އެތަނުގެ ބިން ހިއްކުމުގެ 80 ޕަސެންޓު ވަރު ނިމިފައިވާއިރު، އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެެއްގެ ގެއްލުން ވަމުންދާނެ ކަމަށެވެ.
ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް. އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ. ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި… https://t.co/0tpF4b1Y3n
— Ahmed Usham (@a_usham) February 14, 2024
އެހެންކަމުން މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފައި ކަމަށް އުޝާމް ވިދާޅުވި އެވެ.
ހައި ކޯޓުން ގުޅިފަޅު ހިއްކުން ހުއްޓާލުމަށް އަމުރުކޮށްފައިވަނީ ސިވިލް ކޯޓުގެ އަމުރު މުރާޖާކޮށްދިނުމަށް އެދި އެ ކޯޓަށް ހުށަހެޅުމުންނެވެ. ގުޅިފަޅު ހިއްކަމުން ދާތީ އެ ސަރަހައްދުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ހުމައިދާ އަބްދުލްގަފޫރެވެ.
މި މައްސަލައިގައި ހައި ކޯޓުން އަމުރު ނެރުނީ މި މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ