މެޑްލޭ ރިލޭ އިވެންޓުން ޖޫނިއަރ އަންހެން ޓީމު ލޯމެޑަލް ހޯދައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އަންހެނުން ޓީމު މެޑްލޭ ރިލޭ އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.
ރާއްޖޭގެ ޒުވާން ޓީމު ލޯމެޑަލް ހޯދީ ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4x100 މީޓަރު މެޑްލޭ ރިލޭ އިވެންޓުންނެވެ. އަދި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ. އަދި ދިވެހި ޓީމު މިއިވެންޓު ފުރިހަމަކޮށްފައި ވަނީ 05:38.03 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އަންނަނީ އިންޑިވިޖުއަލް އިވެންޓުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި 200 މީޓަރ ބެކްސްޓްރޯ އިވެންޓްގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ މިރުޞާދު ވަނީ މިމުބާރާތުގައި އައުކޮށްފައެވެ.
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ