މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީ އަދި ތިން އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން ސޮއިކޮށްފި

މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް އަދި ތިން އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި  ސޮއިކޮށްފިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް އަލަށް ހަމަޖެހިފައިވާ ތިން އަތޮޅަކީ ނ. ރ އަދި ބ އަތޮޅެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތްތައް ފެށުމަށް އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ހިދުމަތްތައް އިފްތިތާޙް ކުރެވުމާއެކު މިއަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ. އަދި މިހާރު އާރުޓީއެލްގެ ހިދުމަތް ތައާރަފް ކުރެވިފައިވާ 4 ޒޯނެއްގައި މެދުކެނޑުމެއްނެތި ފެރީގެ ހިދުމަތް ދެވޭނެ އިންތިޒާމް ގާއިމު ކުރަމުން އަންނަ ކަމަށް ވެސް އެމްޓީސީސިން މައުލޫމާތު ދެއެވެ.
އެ ކުންފުނިން ބުނީ، އާރުޓީއެލް ގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ  އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން ކުރަމުންދާއިރު، އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތައް ދެމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ