މޫސުން ގޯސްވުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް

ރާއްޖޭގެ މޫސުން ގޯސްވެ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓްއެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން މެންދުރު ފަހު 14:00 އަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ދެ ދުވަހު ވައި ގަދަވެ، ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
“އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގަ. ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގަ ވައިޖެހޭނެ ކަމަށް ލަފާކުރެވޭ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ،” މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ