ސިޓީ ކައުންސިލުންގެ ނިންމުން ވެމްކޯއިން ކުށްވެރިކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޯޕަރޭޝަނުުން ބުނެފި އެވެ.މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާއިރު، މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމާފައިވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.ސިޓީ ކައުންސިލުން އެގޮތަށް ނިންމީ ވެމްކޯއަށް އެ ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި އަދި މަގުތައް ސާފުނުކުރާ ކަމުގެ ޝަކުވާތައް ބޮޑުވުމުން ކަމަށް ބުނެ އެވެ.އިތުރަށް ކިޔާލަން: ވެމްކޯގެ އެއްބަސްވުން އާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިކައުންސިލްގެ އެ ނިންމުމާ ގުޅިގެން ވެމްކޯއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާފައި ވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ކުނި ނެގުމުގެ މަސައްކަތް ކުރެވޭނޭ ކަމަށް ބުނެ ހަދާފައިވާ ހިސާބުތަކަކީ ވެހިކަލް މެއިންޓަނެންސާއި އެވަރުގެ ބޮޑު އޮޕަރޭޝަނަކަށް ބޭނުންވާނޭ އެހެން ހަރަދުތައް ނުހިމަނާ ހަދާފައިވާ ހިސާބެއް ކަމަށް ވެމްކޯއިން ބުންޏެވެ.ސިޓީ ކައުންސިލުންގެ އެ ނިންމުން ވެމްކޯއިން ވަނީ ކުށްވެރިކޮށްފަ އެވެ."ރައްޔިތުންގެ ހިދުމަތުގައި އިންތިހާބުކޮށްފައިވާ މަންދޫބުން ތަމްސީލްކުރާ ސިޓީ ކައުންސިލަކުން ސިޔާސީ ބޭނުމަކަށް ވެމްކޯގެ ހިދުމަތުގެ ހަގީގަތް އޮޅޭނެ ފަދަ އިބާރާތުން، އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނޭ ފަދަ މޭރުމަކުން މިއަދު ދެއްކި ވާހަކަ މިކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.އެ ބަޔާނުގައިވާ ގޮތުން ކޮންމެ ދުވަހަކު އެތައް ޓަނެއްގެ ކުނި މާލެ އާއި ވިލިމާލެއިން ނަގަމުންދާއިރު، އެކަންކަމުގެ މައުލޫމާތު ސިޓީ ކައުންސިލާ ވެސް އަންނަނީ ހިއްސާ ކުރަމުންނެވެ. އަދި ކައުންސިލުން އަމިއްލައަށް އެކަން ކުރާ ނަމަ، ކުރަންޖެހޭ ޚަރަދު މިހާރަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.އެ ބަޔާނުގައިވަނީ ވެމްކޯއިން މިހާރު ވެސް ކުރަމުންދާ ކުނި އުކުމާއި ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި އެ ކުންފުނިން ސާބިތުކަމާ އެކު އަދިވެސް ދެމި އޮންނާނެ ކަމަށެވެ."މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން މިކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި ނަގާ އުކާލަދިނުމާއި، ސާފުކުރުމުގެ އެންމެހާ ހިދުމަތްތައް ދިނުމުގައި ސާބިތުކަމާއި އެކު މިކޯޕަރޭޝަން ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ