ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ނުލަފާ ރައީސް: ޓްރަމްޕް

އެމެރިކާގެ މިހާރުގެ ރައީސް ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ނުލަފާ ރައީސް ކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި އިންތިޚާބު ވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ނުބައި ނުލަފާ ރައީސް ކަމަށާއި އޭނާއަކީ މުޅިން ފެއިލްވެފައިވާ މީހެއްކަމަށެވެ. އަދި ބައިޑެންގެ އަމަލުތަކާއި އޭނާގެ އިންތިޚާބަށް ނުފޫޒު ފޯރުވާ 'ބަޣާވާތްތެރިން' ގެ އަމަލުތައް ހަނދާން ނައްތައެއް ނުލެވޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ޚާއްޞަކޮށް ފާޑުވިދާޅުވެފައިވަނީ ބައިޑެންގެ އިމިގްރޭޝަން ސިޔާސަތުތަކަށެވެ. މި ސިޔާސަތުތަކުގެ ސަބަބުން ސަލާމަތީ ނުރައްކާތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޤައުމު ވަނީ ހަލާކުވެފައި، މުޅި ދުނިޔެއިން މަލާމާތްކުރާ ތަނަކަށް ވެފައި! މިއީ ހުޅުވާލެވިފައިވާ ބޯޑަރުތަކެއް އޮތުމުން ވާ ގޮތް،" ޓްރަމްޕްގެ އެ ޕޯސްޓްގައި އިތުރަށް ލިޔުއްވާފައިވެއެވެ.
މަތީ އިމްޕޯޓް ޓެރިފްތަކަށް ތާއީދުކުރައްވާ ޓްރަމްޕް، އޭނާގެ އިޤްތިޞާދީ ސިޔާސަތުތައް ހާމަކުރައްވަމުން ވިދާޅުވީ އެމެރިކާއަށް މި ބޮޑު މުއްސަނދިކަން ލިބުނީ ހަމައެކަނި ޓެރިފްތަކުގެ ސަބަބުން ކަމަށެވެ.
"ރައްކާތެރިކަމާއި، ޤައުމީ ސަލާމަތާއި، ޑިމޮކްރަސީ އެމެރިކާގައި ނެތިގެންދާކަމަށް އިޝާރާތްކުރައްވައި، ޓްރަމްޕް ވަނީ ޖެނުއަރީ 20 ގައި މަޤާމާ ހަވާލުވުމަށްފަހު މި މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
"ހަމައެކަނި ބާރުގަދަ އަދި ވަރުގަދަ ލީޑަރޝިޕަކުން މިކަން ހުއްޓުވޭނީ، ޖެނުއަރީ 20 ގައި ބައްދަލުވާނަން،" ރިޔާސީ ހުވާކުރުމުގެ ދުވަހަށް އިޝާރާތްކުރައްވައި ޓްރަމްޕްގެ ޕޯސްޓްގައި ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ