ބުރުނު ލައިޓް އައްޑޫ އެޑިޝަން” މި މަހުގެ 28 ގައި މަރަދޫގައި ބާއްވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި ކަނޑު ހޮހަޅައިގެ ތެރޭގައި މަރުވި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި ވައި ބަންދު ތަނެއްގައި ގޭސް ލީކ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކޮށް ރަޖިސްޓަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގެ ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އަށެވެ. ޝަކުވާ ބަލައިގަންނަން ފަށާނީ މޭ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ.
ރަޖިސްޓަރީ ޗެކްކުރާނެ ގޮތް:
އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ހުށަހެޅޭނީ ހަމައެކަނި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތާ ގުޅޭ ޝަކުވާތައް އެކަނި ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ