މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ބޭންކިންގ ވިޔަފާރި ކުރުމުގެ ލައިސަންސް ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވާގޮތުން، 19 މެއި 2025 ގައި 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން، އެ އޮތޯރިޓީން ކަނޑައެޅި ހުރިހާ ޝަރުތުތަކެއް އެ ބޭންކުން ފުރިހަމަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ގެނައުމަށް އެދުނު ބަދަލުތަކާއެކު، ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރި ކުރުމުގެ ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް 18 މޭ 2026 ގައި މިހާރު ވަނީ ދޫކޮށްފައެވެ.
އެމްއެމްއޭ އިން އިތުރަށް ބުނީ، އެ އޮތޯރިޓީގެ މައިގަނޑު މަޤްޞަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބޭންކިންގ ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އަދި ހުރިހާ ފަރާތްތަކަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި ނިޒާމެއް ދިވެހިރާއްޖޭގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ