ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ މެމްބަރުގެ ގޮތުގައި އިންނަވާ ޔަޒްމީދު މުހައްމަދު އެ ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުން ޔަޒްމީދު އިސްތިއުފާ ދެއްވިކަން 'ދައުރު' އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
ތަފްސީލް - ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި ކުރިން އިންނެވީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރެވެ. ސަމީރު ވަކިކުރައްވައި، ޔަޒްމީދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޔަޒްމީދު އައްޔަންކުރީ، މިދިޔަ އޮކްޓޫބަރުގަ އެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި، ހައި ކޯޓުގެ އެންމެ ދުވަސްވީ އެއް ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
ޔަޒްމީދަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
އެކަމަކު އޭނާއަކީ، ޝަރުއީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ