އީސީގެ މެމްބަރުކަމުން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުން މުހައްމަދު އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމުގެ އަމަލުތަކެއް ހިންގައި، އީސީގައި ހުރި މައުލޫމާތު ވިއްކި ކަމަށް ތުހުމަތުކޮށް އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އާސިފް ވަކިކުރަން މަޖިލީހުން ފާސްކުރީ ނޮވެންބަރު 25ގައެވެ. މަޖިލީހުން އާސިފް ވަކިކުރީ 68 މެންބަރުންގެ ވޯޓާ އެކުގައެވެ. ބުނީ ގާނޫނު އަސާސީގެ 177ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް އީސީގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، އެ މެންބަރަކު ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.
މި ހާލަތުގައި ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީީހުން ނިންމާފައިވާ ނިންމުމަކަށް، ގާނޫނު އަސާސީއާ ހިލާފަށް ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާއިރު، އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އެހެން ކަމުން ކޯޓުން ހުކުމް ކުރީ އެ ޖުޑީޝަލް ރިވިއު ހުށަހަޅާފައިވާ ގޮތަށް، ކޯޓަށް އެ މައްސަލަ ބަލައި ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ