މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރުނީ ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީއަށެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 11:30 އިން މިއަދު ހަވީރު 17:30 އާއި ހަމައަށް މި ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.
މެޓުން ބުނީ މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ