ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ހުންނަ ލަންކާ ހޮސްޕިޓަލާއެކު އާސަންދަ ކުންފުނިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު ވެސް އެއްބަސްވުން އާ ނުކުރެވުމުގެ ސަބަބުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިއަދު 'ދައުރު' އަށް ވިދާޅުވީ އެއްބަސްވުމުގެ ބައެއް ބައިތަކަށް ދެ ފަރާތަށް އެއްބަސްނުވެވި ހުރުމުން އެއްބަސްވުން އޮތީ އާނުކުރެވި ކަމަށެވެ.
ތަފްސީލް - ޒީނިޔާ ވިދާޅުވީ ހިދުމަތް މެދުކަނޑާލީ އެ ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނޫން ކަމަށެވެ.
"އެ މީހުންގެ ބިލުތަކަށް ޕޭކުރަމުން މި އަންނަނީ. މިހާރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެލިޑް އެއްބަސްވުމެއް ނެތީމާ މެދުކަނޑާލީ،" އޭނާ ވިދާޅުވި އެވެ.
"ދެފަރާތުން ވެސް އަދި އެގްރިމެންޓުގެ ބައެއް ބައިތަކަށް އެއްބަސްނުވެވޭތީ އެގްރިމެންޓަކާ ނުލާ ޕޭޝަންޓުން ނުފޮނުވޭނެތީ ވަގުތީ ގޮތުން މެދުކަނޑާލީ."
ޒީނިޔާ ވިދާޅުވީ އެއްބަސްވުން އާ ކުރުމަށް ދެފަރާތަށް އެއްބަސްވުމަކަށް އާދެވޭތޯ ލަންކާ ހޮސްޕިޓަލާއެކު އަދިވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި - ލަންކާ ހޮސްޕިޓަލްސްއާ އެކު އެ ގައުމުގެ 8 ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބެ އެވެ
އެއްބަސްވުން އާ ނުކުރެވި ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ