ރާއްޖެއަށް މުދާ ގެނައުމަށް އިތުރު މާކެޓްތައް ބަލައި، އެ މާކެޓްތަކުން ރާއްޖެއަށް މުދާ ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުބާއީކޮޅުން ވައިގެ މަގުން ގެންނަ މުދަލުގެ އަދަދު ދަށްވިނަމަވެސް، މިމަހުގެ 4 ވަނަ ދުވަހު ފެށި ދަތުރުތަކާއެކު މިހާރު މަޑުމަޑުން އިތުރުވާން ފަށާފައިވާކަމަށެވެ.
ރާއްޖެއަށް މުދާ ގެނައުމަށް އިތުރު މާކެޓްތައް ބަލަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރަމުން އަންނަ އިންޑިއާ، ޗައިނާ، ތައިލެންޑް، މެލޭޝިއާ ގެ އިތުރުން ވިއެޓްނާމް އަދި އިންޑޮނޭޝިއާއިން މުދާ ގެނައުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ.
މީގެ ތެރޭގައި ރާއްޖެއާ މިވަގުތު ގުޅުން ބަދަހި ކުރެވިފައި، ވިޔަފާރީގެ ގުޅުން ބަދަހި ކުރެވިފައިނެތް ބައެއް މާކެޓްތަކާ އެއްކޮށް ވާހަކަތައް ދައްކަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިސާލަކަށް އިންޑޮނޭޝިއާ އަކީ ވަރަށް ބޮޑަށް ޓޫރިޒަމްގެ ދާއިރާއިން ހާއްސަކޮށް ރިސޯޓްތައް، ގެސްޓްހައުސްތައް ފަދަ ތަންތަން ހަދާ މުދާ ގެންނަ ތަންތަން. ފާނީޗަރ، ފިޓިންގްސް ކަހަލަ އެއްޗެހި
އިކޮނޮމިކް މިނިސްޓަރު ސައީދު
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތަކާއި މެދު ނުކެނޑި ތެލުގެ ސަޕްލައި ކުރިއަށްގެންދެވޭނެ ގޮތް އެސްޓީއޯއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
އަދި މި ބާވަތުގެ ތަކެތި ރާއްޖެ އެތެރެކުރާ އަމިއްލަ ފަރާތްތަކާ ގުޅިގެންވެސް މަސައްކަތްތައް ކުރެވިެގންދާކަމަށް މިނިސްތަރު ވިދާޅުވިއެވެ.
އިތުރު މާކެޓްތަކުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުަރަންޖެހޭ މަސައްކަތްތައް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ