ދުނިޔޭގެ އެކި ގައުމުތަކުން އެެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިއުޓީ ޓެރިފް %10 އިން %15އަށް ބޮޑު ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ނިންމަވައިފި އެވެ.
ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އެމެރިކާއަށް އެތެރެކުރާ މުދަލުން %10 ޓެކްސް ނަގާނެ ކަމަށެވެ.
ނަމަވެސް އިއްޔެ ޓްރޫތު ސޯޝަލްގައި އޭނާ ވިދާޅުވީ ޓްރޭޑް ގާނޫނުގެ ދަށުން ހުއްދަ ކުރެވޭ އެންމެ މަތީ މިންވަރަށް އެކަން ކުރައްވާނެ ކަމަށެވެ.
އެ ގާނޫނުގެ ދަށުން ކޮންގްރެސްގެ ރުހުން ހޯދަން ޖެހޭ އިރު، އެ ޓެރިފްތަކަށް އަމަލު ކުރަން ޖެހޭނީ ގާތްގަނޑަކަށް ފަސް މަސްދުވަހަށެވެ.
އެ %10ގެ ޓެރިފަށް އަމަލުކުރަން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެ މުއްދަތުން ފެށިގެން %15ގެ އިތުރުކުރުން ގުނާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ފަނަރަ ޕަސެންޓްގެ ޓެކްސް ރޭޓަކީ މިހާރު އެމެރިކާއާ އެކު %10ގެ ޓެރިފަކަށް އެއްބަސްވެފައިވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކަށް ސުވާލު އުފެދޭ ކަމެކެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުން އެ ޓެކްސް ބޮޑުކުރަން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ފަހު ކަމަށެވެ. އިއްޔެ އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއް ނޫން ކަމަށާއި އެއީ އެމެރިކާއާ ދެކޮޅު ނިންމުމެއް ކަމަށެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ރައީސް ޓްރަމްޕް އޭނާގެ ބާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ކޯޓުގެ ނުވަ ފަނޑިޔާރުގެ ތެރެެއިން ހަ ފަނޑިޔާރުންގެ ތާއީދާ އެކު އެވެ.
އިންޓަނޭޝަނަލް އިމަޖެންސީ އެކޮނަމިކް ޕަވާގެ ދަށުން އެމެރިކާ އިން މިހާރު ވެސް 130 ބިލިއަން ޑޮލަރުގެ ޓެރިފް ނަގާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޓްރަމްޕް ވިދާޅުވީ ކޯޓުގެ ބައެއް މެމްބަރުންނާ މެދު ލަދުގަންނަވާ ކަމަށާއި އޭނާގެ ވިޔަފާރީގެ ސިޔާސަތު ގަބޫލު ނުކުރާ ފަނޑިޔާރުންނަކީ "މޮޔަ" ބައެއް ކަމަށެވެ.
އެމެރިކާއިން ނަގާ ޓެރިފް %15އަށް ބޮޑުކުރަން ޓްރަމްޕް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ