އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ސުކޫލުތައް ދިނުމަށް އެދިފައިވާތީ އެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މީގެ ކުރީންވެސް ބައެއް ސުކޫލުތައް ޕާޓީތަކުގެ އެތެރޭގެ އިންތިހާބު ބާއްވަން ދޫކުރެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް އެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރެ އެވެ. އެކަމަކު އެގޮތަށް އެކަން ކުރަން މި ސަރުކާރުން ބޭނުމެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް އެ ފުރުސަތު ހަމަހަމަ ކަމާއެކު ދޭނެ އެވެ. އަދި ސުކޫލުތަކުގެ ހަރަކާތްތަކަށް ދަތިނުވާނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތައް ބޭއްވުމަށް ސުކޫލުތައް ދޫކުރާނެ އެވެ.
ޕާޓީއަކުން އެދެމުން އެ ފުރުސަތު ފަހިކޮށް ދެމުންދާ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮތީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މިއީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އެކެވެ.
ގިނަ ރަށްތަކެއްގައި ޕްރައިމަރީ އޮންނާނެ އެވެ. އެ ޕާޓިން ވަނީ ވޯޓްގެ ކަންކަން ކުރިއަށް ގެންދަން ސުކޫލުތައް ދޭން އެދިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 50 ވުރެ ގިނަ ސުކޫލު ދިނުމަށް އެދިފައިވެ އެވެ.
މިފަހަރު ތަފާތު، އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ސްކޫލްތައް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ