ދ. މީދޫގައި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
ފުލުހުން ރޭ ބުނީ ގެވެށި އަނިޔާގެ މައްސަލަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ގުޅިގެން މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް ރޭ އެއްވި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ނަސޭހަތް ދިނުމަށް ފަހު ކަމަށް ވެސް ބުންޏެވެ.
މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއް؛ ހައްޔަރުކުރި މީހާއަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ