ތަޢުލީމު އުނގެނުމާއި އުނގަންނައި ދިނުމަކީ ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެ މަނިކުފާނު ވިދާޅުވީ އިސްލާމް ދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއ ޤައުމުގައި ބިނާ ކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.
"މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާ އިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ވެސް އަޅުގަނޑު އެދެނީ ކާމިޔާބީ،" ރައީސް ވިދާޅުވި އެވެ. "ތަޢުލީމު އުނގެނުމާއި އުނގަންނައި ދިނުމަކީ ވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައި ދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން."
ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީގަށް ވެސް އެެދިވަޑައިގަންނަވާ ކަމަށެވެ.
ތައުލީމު އުނގެނުމަކީ ދީނީ، ގައުމީ ޒިންމާއެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ