ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1،900 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟- ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ މި ވޭޕްތައް އަތުލައިގަތީ، ކަސްޓަމްސްއިން ބުނިގޮތުގައި ކޮމާޝަލް ހާބަރުންނެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވެސް މަނާކޮށްފައިވާއިރު، ވަގަށް އެކަން ކުރުން މިހާރު ދަނީ އާއްމުވަމުންނެވެ. އެގޮތުން 2024 އަހަރުގެ ފަހުކޮޅު ސަރުކާރުން އެތަކެތި މަނާކުރި ފަހުން، އެކި ގޮތްގޮތަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށާއި ރާއްޖެ އެތެރެ ކޮށްފައިވާ ވޭޕާއި ސިނގިރޭޓު ވަނީ އަތުލައިގެންފަ އެވެ.
އަދި އެ އަމަލުތައް ހިންގައިގެން މި ފަހުން ބޮޑެތި އަދަދުތަކުން ބައެއް މީހުން ޖޫރިމަނާކޮށްފައިވެ އެވެ.
އެގޮތުން ފާއިތުވި ދޮޅު މަހެއްހާ ދުވަސް ތެރޭ 2 މިލިއަން ސިނގިރޭޓް އަދި 7000އެއްހާ ވޭޕް ސްޓިކް އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ