ފިލްމީ ތަރި އަހުމަދު ނިމާލު ނިޔާވެއްޖެ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި/ޑައިރެކްޓަރު އަހުމަދު ނިމާލު ނިޔާވެއްޖެ އެވެ.މިހާތަނަށް އެތައް ފިލްމެއް ކުޅުމުގެ އިތުރުން ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ވެސް ކޮށްފައިވާ ނިމާލު މަރުވެފައި މި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އައިޖީއެމްއެޗްގައި ނިމާލު ނިޔާވީ މިއަދު ހެނދުނު އެވެ.ނިމާލުގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.ނިމާލަކީ ތަޖުރިބާކާރު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި އެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމުތަކަށް ވާހަކަ ވެސް ލިޔެދީފަ އެވެ. މިފަހުން ނުކުތް ގިނަ ފިލްމުތަކުގެ މުހިންމު ރޯލުތަކުން ވެސް އޭނާ ފެނުނެވެ.ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984ގައި ފިލްމު 'ނުފޫޒު'ންނެވެ. އޭގެ ފަހުން އޭރު މަޝްހޫރުވި ގިނަ ލަވަތަކެއްގައި ވެސް އެކްޓްކުރި އެވެ.ނިމާލްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ހިތް އެދެނީ'، 'ސަބަބު'، 'ރާނީ'، 'ނިއުމާ' އަދި 'ކަނބުލޮ' ފާހަގަކުރެވެ އެވެ.މީގެ އިތުރުން 1991ގައި ގައުމީ އެވޯޑު ވެސް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ