މިދިިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ރިޒާން މިދިިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ރިޒާން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު އިބްރާހިމް ރިޒާން ހޯދައިފި އެވެ.
ރޭ ބޭއްވި ކްރިކެޓް ނައިޓްގައި، މިދިޔަ އަހަރުގެ އެންމެ މޮޅު އުުކުންތެރިއަކަށް (ބޯލަރަކަށް) ވެސް ހޮވިފައިވަނީ ދާދި ފަހުން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާތަކާ ހަވާލުވި ރިޒާން އެވެ.
ކްރިކެޓް ކުޅުންތެރިންގެ މަސައްކަތާއި ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ސީބީއެމްގެ އިވެންޓް ބޭއްވީ ކުޅިވަރު އެކުވެނީ ދަނޑުގަ އެވެ.
އެ ގޮތުން، ކްރިކެޓްގެ އެންމެ މަތީ ލެވަލްގެ ކާމިޔާބު ހޯދާ ފަރާތްތަކަށް ދެވޭ މޯލްޑިވްސް ކްރިކެޓް އެވޯޑްސް 4 ކުޅުންތެރިއަކަށާއި ކްލަބަކަށް ވަނީ ދީފަ އެވެ. މި އިނާމްތަށް ދިނުމުގައި ބަލާފައިވަނި ކުޅުންތެރިން ރާއްޖޭގައި ކުޅެފައިވާ 10 އޯވަރުން މަތީ ގެ ރަސްމީ ހާޑްބޯލް މުބާރާތްތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާތަކަށް ބެލުމަށް ފަހު، އެންމެ މަތިން މާކްސް ހޯދާ ކުޅުންތެރިންނަށާއި ރާއްޖޭގައި ކުޅެވޭ ރަސްމީ މުބާރާތްތަކުން އެންމެ ކާމިޔާބު ކްލަބަކަށެވެ.
އެވޯޑްތަކަށް ބަލާއިރު މޮޅު ކުޅުންތެރިޔާ އާއި ބޯލަރުގެ މަގާމު ރިޒާނަށް ލިބުނުއިރު، އަހަރުގެ އެންމެ މޮޅު ބޭރުގެ ކުޅުންތެރިއަކީ ތާރަކަ ރުވާން އެވެ. އެންމެ މޮޅު ބެޓްސްމަނަކީ މުހައްމަދު ރިޝްވާން އެވެ. އެންމެ މޮޅު ކްލަބަކީ ސީބީއެލް ސްޕޯޓްސް އެވެ.
ރޭގައި ދެވުނު، ޖޫނިއާ އަދި ޔޫތު ކްރިކެޓް އެވޯޑްތަކަށް ބަލާއިރު، ޒުވާން ކުޅުންތެރިން ނަށް ދޭ އެވޯޑްތައް ލިބުނު ފަރާތްތަކަކީ އަތޮޅު ކްރިކެޓް އެންމެ މޮޅު ފިރިހެނއ ކުޅުންތެރިއަކަށް ހަމްދު ހުސައިން އަލީ އަދި އަތޮޅު ކްރިކެޓް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހަފްސާ އަބްދުﷲ އަށެވެ. އަދި، އިމާޖިންް ޕްލޭޔާ އޮފް 2025 ލިބުނީ މަބްސަރު އަބްދުﷲ އަށެވެ. އުންމީދީ ފިރިހެން ކުޅުންތެރިއަކަށް، މުޙަންމަދު މިއުވާން ޝިފާއު ހޮވުނުއިރު، އަންހެން ކުޅުންތެރިއަކީ، ހައްވާ ޝާއިގާ އެވެ.
ސާދަ އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޔޫސުފް އިޒާން ޖިނާހް (ތާޖުއްދީން ސްކޫލް)، ދޭވަ ރޮޖަ ސްވިކް (ތާޖުއްދީން ސްކޫލް)، މުޙަންމަދު އަކީލް ޔާމީން (މުހްޔިއްދީން ސްކޫލް)، އަޒީން ބިން ހުސައިން (ތާޖުއްދީން ސްކޫލް) އަދި ޝައްޔާން އަބްދުލް ޤަފޫރު (ރެހެންދި ސްކޫލް) އެވެ. ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އިބްރާހިމް އަބާން އަޒްލީފް (ރެހެންދި ސްކޫލް)، ޝައްޔާން އަބްދުލް ޤަފޫރު (ރެހެންދި ސްކޫލް)، އަޙުމަދު އަރުޝް (ތާޖުއްދީން ސްކޫލް)، ޖޯހަން ސޫރަޖް ލާލަ (ރެހެންދި ސްކޫލް) އަދި ޔޫސުފް ނިހާލް އަހްމަދު (މުހްޔިއްދީން ސްކޫލް) އެވެ.
ކްރިކެޓް ގެ ހިދްމަތުގެ އިނާމް ދެވުނު ފަރާތްތަަކަކީ، ކޯޗިންގެ ދާއިރާއިން ލިރުގާމް ސައީދު (ލަރޭ)، އަމްޕަޔަރިންގެ ދާއިރާއިން މުހައްމަދު އާސިފް، ސްކޯކުރުމުގެ ދާއިރާއިން މަރިޔަމް ލީން ލުތުފީ، ބްރޯޑްކާސްޓް މީޑީއާ ގެ ދާއިރާއިން، ޕީ.އެސް.އެމް އަދި، ކްރިކެޓް ހިންގުމަށް އެހީތެރިވުމަށް އެކުވެނި މުވައްޒަފުންނަށެވެ.
ލ. ކުނަހަންދޫގައި ކްރިކެޓް ހަރަކާތްތައް ހިންގުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ލ. ކުނަހަންދޫ ރައްޔިތުންނަށް ވެސް ސީބީއެމް އިން ފިލައެއް ދީފައިވެ އެވެ.
ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ޓީމްތައް ހޯދާ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ދެވޭ ޚާއްސަ އެވޯޑް ދީފައިވަނީ، މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވުނު ހުވާހިން ސިކްސަސް މުބާރާތުގެ ވެޓަރަންސް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ދިވެހި ޓީމަށާއި މުބާރަތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނު އާރިފް ރިޒާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ