ސައްހަ ނޫން ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރަށް

ސައްހަ ނޫން ސްލިޕް ފޮނުވައިގެން ކުޅުދުއްފުށީގައި ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ އެ ސިޓީގެ ފައިންސް، ޙަސަން މޫސާ، 33، އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 29 ގައި ހަސަން ހައްޔަރުކުރީ ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ އޭނަ އިތުރު ފިހާރަތަކަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްފައިވާކަން އެނގޭ ނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކޮށް ދޭން އެދޭ ކަމަށެވެ.
ވަގު މުއާމަލާތާ ގުޅުގެން ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ