އާރުޑީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން jobs@rdc.com.mv އަށް ފޯމު ހުށަހަޅަންޖެހެ އެވެ.އާރުޑީސީން މުވައްޒަފުން ހޯދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ: ހއ. އުލިގަން - 50 މުވައްޒަފުންނ. މިލަދޫ - 32 މުވައްޒަފުންއއ. ރަސްދޫ - 42 މުވައްޒަފުންޅ. ހިންނަވަރު - 1 މުވައްޒަފުޅ. ނައިފަރު - 12 މުވައްޒަފުންކ. ކާށިދޫ - 24 މުވައްޒަފުންތ. މަޑިފުށި - 13 މުވައްޒަފުންގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީއިން އިއުލާންކުރިއިރު، ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގައެވެ.މީގެ ކުރިން ވެސް އިންތިހާބުތަކާ ކައިރިކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ވަޒީފާ އާއި ޕްރޮމޯޝަން ދޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ