ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބާއްވާ އެންމެ ފޯރިގަދަ އެއް އިވެންޓް ކަމަށްވާ ހިކިފަސް ޕުރޯ ކާމިޔާބުކަމާ އެކު ހދ. މަކުނުދޫގައި ނިއްމާލައިފި އެވެ.
މިއީ އެ އިވެންޓު މަކުނުދޫގައި ބޭއްވި ހަތަރު ވަނަ ފަހަރެވެ.
ރޭމް އިން މައުލޫމާތު ދިން ގޮތުގައި ދެ ދުވަހުގެ އިވެންޓުގައި 19 ރައިޑަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ފުއައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، މަކުނުދޫގެ އަދި މާލެ ސަރަހައްދުންގެ ރައިޑަރުން ހިމެނެ އެވެ.
މި އަހަރުގެ ޗެމްޕިއަނަކީ ކްލަބް ޓީމް7 ގެ އަހުމަދު އަމީޒު އެވެ. އޭނާ ނިންމީ 4:13:012 އިންނެވެ. މިއީ އަމީޒު ހިކިފަސް ޕުރޯގެ އެއް ވަނަ ހޯދި ތިން ވަނަ ފަހަރެވެ. 2022 އަދި 2023 ގައި ވެސް އެންމެ ކުރިން ނިންމީ އަމީޒު އެވެ.
ހިކިފަސް ޕުރޯގައި ރައިޑަރަކު ސައިކަލެއް ދުއްވަނީ
ދެ ވަނަ އަށް ދިޔައީ 4:41:518 އިން ނިންމި ކުލަބް ރޯޑް ވޯރިއާސް ގެ ނައުފަލް އަބުދުލް ގާދިރު އެވެ. ތިން ވަނަ އަށް ދިޔައީ ނައުފަލް އާއި އެންމެ 152 މިލިސިކުންތު ތަފާތުކޮށް ނިންމި އެކްސްޓުްރީމް އަންލީޝްޑްގެ އަހުމަދު ޝިފާޒު އެވެ. ވަގުތަކީ 4:41:670 އެވެ.
"ރައިޑަރުން މި އޮފުރޯޑު ރޭހަށް ތައްޔާރުވެފައި ވާ މިންވަރު ދުއްވި ސައިކަލް ތަކުން ފެނިގެން ދިޔަ އެވެ. މިކަހަލަ އިވެންޓް ތަކުގައި ބޭނުންކުރާ ކަހަލަ ސައިކަލް ގިނަވެފައި ވުމުން އިނގޭ ކަމަކީ ރައިޑަރުން މިއިވެންޓަށް ވަރަށް ލުކުފޯވަޑް ކުރާކަން،" ރޭމްގެ ރައިސް މުހައްމަދު ޝާމިހު (ޝާމް) ވިދާޅުވި އެވެ.
ހިކިފަސް ޕުރޯގެ ހަވާސާގައި ރޮބޯމޭންގެ އިވެންޓެއް މަކުނުދޫގެ ކުޑަކުދިންނާއެކު ކުރިއަށްދިޔަ އެވެ. އޭގެ އިތުރުން ދެ ބެޓެރީ ކާރާއި ދެ ބެޓެރީ ސައިކަލު ވެސް ވަނީ މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ހަދިޔާކޮށްފަ އެވެ.
ރޭމްގެ ހިކިފަސް ޕްރޯގައި އަމީޒްގެ ކާމިޔާބީ ކުރިއަށް ރޭމްގެ ހިކިފަސް ޕްރޯގައި އަމީޒްގެ ކާމިޔާބީ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ