ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، މަސްއޫދު އިމާދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސީޝެލްސްގެ ރައީސް ޑރ. ޕެޓްރިކް ހާމިނީއަށް އަރުވައި، އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ. ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރު، ސްޓޭޓް ހައުސްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު މަސްއޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސީޝެލްސްގެ ރައީސަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކުރުމާއި، މަސްވެރިކަމާއި ޓޫރިޒަމް ފަދަ ދެ ގައުމަށް ވެސް މުހިންމު ދާއިރާތަކުން ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. ސީޝެލްސްގެ ރައީސް ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސަފީރު މަސްއޫދު ވަނީ ސީޝެލްސްގެ ނައިބު ރައީސް ސަބަސްޓިއަން ޕިލޭގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރޭ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މަސްއޫދު، ސީޝެލްސްގެ ސަފީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކޮލަމްބޯގައި ހުންނަވައިގެންނެވެ.
ސީޝެލްގެ ރައީސްގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގެންފި ރައީސް ސާލިހުގެ ދެކަނބަލުން ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި ނައިބު ރައީސް ފައިސަލް ނަސީމް، ސޭޝެލްގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ