ބެރްގާމޯ، އިޓަލީ (ޑިސެމްބަރު 29) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އަތުން 1-0 އިން މޮޅުވެ، އިންޓަ މިލާނުން އަނެއްކާ ވެސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ ނަތީޖާއާ އެކު އިންޓަ އިން އެއް ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 16 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް 15 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިންޓަ އަށް ކާމިޔާބުކޮށްދިނީ، 65 ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް އެވެ. މިއީ، މި ފަހަރު ލީގުގައި، މާޓީނޭޒް ޖެހި ނުވަ ވަނަ ގޯލެވެ.
މި މެޗުގައި، އިންޓަގެ މާކަސް ތުރާމް އާއި އެޓަލަންޓާގެ ޗާލްސް ޑި ކަޓަލައޭ ޖެހި ގޯލުތައް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.
އިންޓަގެ ލުއިސް ހެންރީކޭ، އެ ޓީމަށް ދެ ވަަނަ ލަނޑެއް ޖަހައިދޭން ފޮނުވާލި ބޯޅަ އެޓަލަންޓާގެ ކީޕަރު، މާކޯ ކާނެސެޗީ ވަނީ މަތަކޮށްފަ އެވެ. އަދި، އިންޓަގެ ނިކޯލޯ ބަރޭލާ އަށް ވެސް ލަނޑު ޖަަހަން ހުސް ފުރުސަތެއް ލިބި ދިޔައީ ބޭނުންނުކުރެވި އެވެ.
މި ނަތީޖާއާ އެކު، އެޓަލަންޓާ ވަނީ 10 ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
އެޓަލަންޓާ ބަލިކޮށް އިންޓަ ލީގުގެ އެއް ވަނަ އަށް އެޓަލަންޓާ ބަލިކޮށް އިންޓަ ލީގުގެ އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ